މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ ތިރީގައި ދަންނަވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި، ގަވާއިދު ނަންބަރު    2022/R-17 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުޞަތަށް އެދޭ މީޑިއާތަކަށް އެ ފުރުޞަތު ލިބިގެންވެއެވެ.

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ދާއިރާ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ދާއިރާ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ ދާއިރާ

 މި ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު އޮބްޒާވްކުރުމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2022 ފެބުރުވަރީ 16 ވާ ބުދަ ދުވަހުގެ 12:00 އިން ފެށިގެން،2022ފެބުރުވަރީ 20 ވާ އާދިއްތަ ދުވަހުގެ 12:00ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

                   

 (ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

  1. މޯލްޑިވްސް މީޑިއާ ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާއެއް ތަމްސީލްކުރާ ފަރާތަކަށްވުން.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގެ މަސައްކަތްތަކާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

 

  (ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭފަރާތްތަކުން، އަންނަނިވި ލިޔުންތަކާއި ތަކެތި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅަން ވާނެއެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމް.
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  3. ފޮޓޯ
  4. އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތުގެ ޕާސްޕޯޓު ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ)
  5. ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ. 

 

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ  2022 ފެބުރުވަރީ 16 ވާ ބުދަ ދުވަހުގެ 12:00 އިން ފެށިގެން،2022ފެބުރުވަރީ 20 ވާ އާދިއްތަ ދުވަހުގެ 12:00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ.  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމު މެއިލްކުރާނީ މި މިނިސްޓްރީގެ [email protected] މެއިލަށެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 16 ފެބުރުއަރީ 2022

16 ފެބުރުވަރީ 2022
ހޯދާ