ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

މިއިދާރާގެ މިސްކިތު އިމާމު ކަމުގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު 17/2014/IU/393/393 (2014/06/16) ގެ އިޢުލާނަށް ޝަރުޠު ފުރިހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:   އިމާމު / މުދިމު

ބޭނުންވާ އަދަދު: 1

މަޤާމުގެ ރޭންކް:  އިމާމު ޖީ. އެސް 3 ، މުދިމު ޖީއެސް 1

ކްލެސިފިކޭޝަން: އިމާމު އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ، މުދިމު އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 

ވަޒީފާ އަދާ ކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ މިސްކިތްތައް،  ތ. ކިނބިދޫ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: އިމާމު -/4465 ރުފިޔާ ، މުދިމު -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކުރާ ދުވަސްތަކަށް ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާން މަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް ސިވިލްސަވިސް ގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1-      ރަށު ކައުންސިލުގެ އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުމާއި، ކޮންމެ ނަމާދު ވަގުތަކަށް 1 ގަޑިއިރު ހޭދަކުރުމާއެކު، ދުވާލަކު 5 ގަޑިއިރު ޖުމްލަ ހަފްތާއަކު 35 ގަޑިއިރު މަސައްކަތް ކުރުން

2-      އިމާމުވެ ކޭތަނަމާދާއި ޢީދު ނަމާދާއި ހުކުރު ނަމާދާއި ތަރާވީޙު ނަމާދު ކުރުމާއި، ކަށުނަމާދު ކުރުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރުން

3-      މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުންގެ ހާޒިރީ ތައްޔާރުކޮށް، ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއް ގައި ހާޒިރުވި ގަޑިއާއި ނިމުނު ގަޑިޖަހައި ސޮއިކުރުމާއި، އަދި މީގެ އިތުރުން ރަސްމީ ދުވަސްތަކުގައި 11:00 ގެ ކުރިން ކައުންސިލުގެ އިދާރާގައި ސޮއިކުރުން

4-      މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުންގެ އިތުރުގަޑީ ހާޒިރީ ތައްޔާރުކޮށް، މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑިޖަހައި ކުރި މަސައްކަތުގެ ޚުލާޞާއެއް ލިޔެ ހުއްދަދިން ފަރާތުގެ ސޮއި ކުރުވުމާއި، މަސައްކަތް ކުރިފަރާތާއި ދެފަރާތުން ސޮއިކުރުން

5-      މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތައް ކައުންސިލުގެ އިދާރާއަށް އަންގައި ރަގަނޅު ކުރެވޭތޯ ބެލުމާއި، ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް ދިމާވާ މައްސަލަތައް ކައުންސިލުގެ އިދާރާއަށް އަންގައިގެން ޙައްލު ކުރުމަށް މަސައްކަތް ކުރުން

6-      މިސްކިތު މަސައްކަތު މީހުންގެ ހާޒިރީއާއި، މަސައްކަތު މީހުން ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުން ކުރޭތޯ ބަލައި ސްޕަވައިޒްކޮށް ޒިންމާދާރު ވެރިޔާއަށް ރިޕޯޓް ކުރުން

7-      މިސްކިތު މަސައްކަތު މީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު ނުވަތަ މުދިމު މިސްކިތުގެ ތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެންދަމުން މިސްކިތުގެ ބޮކިތަކާއި ހޮޅިބުރިތަކާއި ފަންކާތައް ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން

8-      މިސްކިތު އިމާމުންނާއި މުދިމުން ކައުންސިލް އިދާރާގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިޔުމަށް ޢުޒުރުވެރިވެއްޖެނަމަ އެދުވަހު ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާއި ޙަވާލުވެހުރި އިމާމު ނުވަތަ މުދިމުގެ ޒިންމާއެކެވެ. މިގޮތުން ޙަވާލު ކުރައްވާ އިމާމަކީ ތަޖްވީދު މަގުން ޤުރުއާން ކިޔަވަން އެގޭ މީހަކަށްވުމާއި ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކު ކަމުގައި ވާންވާނެއެވެ. (އަދި މިކަން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.)

9-      މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕުރޮގުރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމު ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

10-  މިސްކިތު އިމާންނާއި މުދިމުން ފަރުޟު 5 ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއްގައި ބަންގި ގޮވުމަށާއި، ނަމާދަށް ހާޒިރު ނުވެއްޖެނަމަ، މުސާރައާއި ސަރވިސް އެލަވަންސުން 1 ގަޑިއިރަށްޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެޢަދަދަށް ގަޑީލާރި އުނިކުރެވޭނެއެވެ. އަދި ޗުއްޓީ ނުނަގައި ދުވާލަކު 3 ނަމާދުގެ ވަގުތަށް ހާޒިރު ނުވާނަމަ އެދުވަސް ނާންނަ ދުވަހެއްގެ ގޮތުގައި ބެލޭނެއެވެ.

11-  މިސްކިތްތަކާ ބެހޭގޮތުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މިސްކިތްތަކުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

އިމާމު ކަމުގެ ފެންވަރު ނުވަތަ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލަކަން ސާބިތުކޮށް ދިނުމާއެކު،

1-      މުދިމު ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ 

2-      ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

3-      ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން

މުދިމު ކަމުގެ ފެންވަރު ނުވަތަ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލަކަން ސާބިތުކޮށް ދިނުމާއެކު،

1-      އިމާމުވެ ނަމާދު ކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން އަދި

2-      ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މުދިމް ކަމުގެ މަޤާމަށް މީހަކު ހޯދުމަށް އިންޓަވިއު ކުރެވޭނީ އިމާމުކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ކުރިމަތި ލައްވާފައި ނުވާނަމައެވެ.

2-      ލިބިފައިވާ ތަޢްލީމާއި ތަމްރީނު

3-      ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ

4-      މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް

އިންޓަވިއު ކުރުން

-          މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 07 ސެޕްޓެންބަރު 2014 ން 20 ސެޕްޓެންބަރު 2014 އާ ދެމެދުގެ ދުވަހެއްގައި މިއިދާރާގައެވެ.

-          އިންޓަވިއުއަށް ވަޑައިގަންނަވަންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލައްވާ ފަރާތްތަކަށް މިއިދާރާއިން އަންގައިދެވޭނެއެވެ.

-          އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

-          އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-      ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3-      ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މިވަޒީފާއަށް ހޮވިއްޖެނަމަ މިވަޒީފާއަށް ބަދަލު ވުމާމެދު، ކަމާބެހޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން

4-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

5-      ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ. މެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން ކޮޅުމަޑުލު ކިނބިދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780031 ފޯނާ ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށް ދެވޭނެއެވެ.

22 ޝައްވާލު  1435

18 އޮގަސްޓް 2014
ހޯދާ