ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރާއި ރަށާއި ދެމެދުގައިވާ ސަރަޙައްދު ހިއްކުމާއިގުޅޭ؛

މިހާރު ހަދަމުންދާ ރަށުގެ ބަނދަރާއި ރަށާއި ދެމެދުގައިވާ ސަރަޙައްދު (ކުދެ ކޮނީތަނާ ހިމެނޭގޮތަށް) ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތެރޭގައި ކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން ކުރީގެ ބަނދަރުގެ އުތުރު ފަރާތަށް އެހެލާފައިވާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް މޫދަށް ބޭލުން ނޫނީ އެސަރަޙައްދުން ނެގުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި އެސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މަތީގައި ދެންނެވިފައިވާ އުޅަނދުތަކާއި އަދި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް ބަލާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2022
ހޯދާ