މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމާއި ގުޅޭ:

1443 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމާއި ގުޅޭ:      

      ރ.އިންނަމާދޫ މަސްޖިދުލް ތަޢާވުންގައި 1443 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡްކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡަކު ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝަޢުޤުވެރިވާ ޚާފިޡުން 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެކަމަށް އެދޭ ފޯމް ކުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން އަދި މިއިއުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.

އުޖޫރަ (އެލަވަންސް)

      ދިވެހި ޙާފިޡަކަށް އިމާމުގެ ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 500.00 (ފަސްސަތޭކަ) ރުފިޔާގެ މަގުންނެއެވެ.

      މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2022
ހޯދާ