ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެއަރ ކޮންޑިޝަން ގަތުމަށް

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެއަރ ކޮންޑިޝަން ގަތުމަށް 

 ނަމްބަރު:TENDER/HMH/2022/006

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެއަރ ކޮންޑިޝަން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

1. ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

Quantity

Item

06 (NOS)

AIR CONDITIONER 24000BTU CEILING CASSETE

SINGLE SPLIT 

-     With 25 ft pipe and standard installation kit

-     1-year standard manufacturer warranty

2. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

2.1 މަސައްކަތައް އަގު ހުށައެޅުމުގައި މި މަޢުލޫމާތު ޝީޓް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

2.2 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ ''ބިޑް ހުށަހަޅާ ފޯމް'' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2.3 ބިޑަށް ހުށަހަޅުއްވާ ކޯޓޭޝަން އަދި އަގު ހިމެނޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅުއްވަންވާނީ ވަކިން ސީލް ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅަންޖެހޭ އެހެނިހެން ޑޮކިއުމަންޓްތައް ހުންނަވާނީ އެއްހީރަސްކުރެވި ވަކިން ސިޓީއުރައެއްގައެވެ.

2.4 މި ބިޑު އެވަލުއޭޓްކޮށް އެވޯޑް ކުރެވޭ ސަޕްލަޔަރ އާއި ހުޅުމާލެ ހޮސްޕިޓަލާއި ދެމެދު އެގްރިމެންޓް ކުރެވިގެންދާނެއެވެ. އަދި އެ އެގްރިމެންޓާއި އެއްގޮތަށް އެވޯޑް ކުރެވޭ އައިޓަމްތައް ޑެލިވަރ ކޮށްދޭން ވާނެއެވެ.

2.5 އަގު ހުށަހަޅުއްވާނީ މަތީގައި ދެންނެވިފައިވާ ރިކުއާރމެންޓަށް، 6  އެއަރ ކޮންޑިޝަން ސިސްޓަމް ސަޕްލައިކުރުމަށެވެ.

2.6 ހުށަހަޅާ ކޯޓޭޝަނުގައި އިންސްޓޮލޭޝަން ކިޓު (މަތީގައި ބަޔާންކުރެވިފައިވާގޮތަށް) ގައި ހުންނަ އައިޓަމްތަކުގެ ތަފްސީލް ބަޔާން ކުރަންވާނެއެވެ.

2.7 ހުށަހަޅާ އެއަރ ކޮންޑިޝަންގެ ބްރޭންޑަކީ ވެންޑަރ އަށް އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރޝިޕް ލިބިފައިވާ ބްރޭންޑަކަށް ވާންވާނެއެވެ. އަދި ބިޑު ހުށަހަޅާއިރު ޑިސްޓްރިބިއުޓާޝިޕް ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.

3. ހުށަހަޅަންޖެހޭ ތަކެތި

3.1 އަންދާސީ ހިސާބު/ޕްރޮޕޯސަލް

3.1.1 ބިޑު ހުށަހަޅާ ފޯމް (މައުލޫމާތު ޝީޓާއި އެއްކޮށް އެޓޭޗްކުރެވިފައި)

3.1.2 މަސައްކަތުގެ އަގު

3.1.3 ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަސް ވާންވާނެއެވެ.

3.2 ކުންފުނީގެ މައުލޫމާތު / ޕްރޮފައިލް

3.2.1  ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

3.2.2  ކުންފުނީގެ މައިގަނޑު މަސައްކަތްތައް

3.2.3  ކުންފުނިން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް

3.3 ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި

3.3.1  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

3.3.2  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް' ގެ ކޮޕީ

3.3.3  އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރޝިޕް ލެޓަރ

3.3.4  ޖީ.އެސް.ޓީ ރެޖިސްޓްސްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

3.3.5  ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ވޭތުވެދިޔަ 3 (ތިނެއް) މަސްދުވަހުގެ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް (ނެގިފަހުން 30 ދުވަސް ހަމަނުވާ ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް)

3.4 މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން

3.4.1 ފާއިތުވެދިޔަ 3 (2021 ނޮވެމްބަރ، ޑިސެމްބަރ އަދި 2022 ޖެނުއަރީ) މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް. މި ބޭންކް ސްޓޭޓްމެންޓަކީ 15 ފެބްރުއަރީ 2022ގެ ފަހުގެ ތާރީޚެއްގައި ނަގައިފައިވާ ސްޓޭޓްމެންޓަކަށް ވާންވާނެއެވެ. އަދި ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %50 ބޭންކް ބެލެންސްގައި ހުންނަންވާނެއެވެ. ނުވަތަ:-

3.4.2 ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %50 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް

ނޯޓް: ބޭންކް ސްޓޭޓްމެންޓަކީ ބޭންކު ތައްގަނޑު ޖެހިފައިވާ އޮރިޖިނަލް ސްޓޭޓްމެންޓަކަށް ވާންވާނެއެވެ. އަދި ހުށަހަޅާ ކްރެޑިޓް ފެސިލިޓީއަކީ މި ޕްރޮޖެކްޓާއި ގުޅިގެން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ އަކަށް ވާންވާނެއެވެ.

 މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

4. އަގުހުށަހެޅުން

4.1 ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.

5. އެވޯޑް ކުރުން

5.1 މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

1

އަގު

80 ޕޮއިންޓް

2

މުއްދަތު

15 ޕޮއިންޓް

3

ތަޖުރިބާ

5 ޕޮއިންޓް

5.2 ބިޑް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް

  ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2022/006
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

7. މައުލޫމާތު ސާފުކުރުން

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 ފެބްރުއަރީ 2022 ގެ 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

8. ބީލަން ހުށަހެޅުން

8.1 ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2022 ގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

9. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

9.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން.

9.2 މަޢުލޫމާތު ފުރިހަމަނުވުން (ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން).

9.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

9.4 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10. އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

11.1  މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ. 

11.2  މަސައްކަތުގެ މުއްދަތު

މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތުގެ ގޮތުގައި އެންމެ ކުރު މުއްދަތެށް ހުށަހަޅާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ޕްރޯރާޓާގެ އުސޫލުންނެވެ.

11.3  މަސައްކަތުގެ ތަޖުރިބާ

މިބަޔަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ. މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ އޭސީ ވިއްކައި، ސަޕްލައިކުރުމާއި ގުޅޭގޮތުން ދީފައިވާ ލިޔުންތަކަށް ވާންވާނެއެވެ.

މަސައްކަތުގެ ތަޖުރިބާ

ޕޮއިންޓް

100،000ރ އަށް ވުރެން ދަށް

1

100،001ރ އާއި 300،000ރ ދެމެދު

3

300،001ރ އާއި 500،000ރ ދެމެދު

5

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 /3350152  އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

16 ފެބްރުއަރީ 2022

16 ފެބުރުވަރީ 2022
ހޯދާ