މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

ޕޮލިޓެކްނިކްގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL) 213-MB/1/2014/15 ( 08 އެޕްރީލް 2014 ) ބާޠިލުކޮށް އަލުން އެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.

ރޭންކް: އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

ބޭނުންވާ އަދަދު:   1

ސެކްޝަން: ސްޓޫޑަންޓް ސަރވިސް

ދާއިރާ: އެކަޑަމިކް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

މުސާރަ: -/8835 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މާލެ އާއި އަތޮޅުތެރޭގައި ހިންގާ ދިގު އަދި ކުރު މުއްދަތުގެ ކޯސްތަކަށް ކުދިން ރެކްރޫޓު ކުރުން އަދި ދަރިވަރުންނާ ގުޅޭ ކަންތައްތައް ރާވައި ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ޕްލޭންކޮށް ހިންގުން.

2. ތަމްރީނު ޕްރޮގްރާމުތަކަށް ބޭނުންވާ ކުދިން ހޯދުމަށް ރެކްރޫޓްމަންޓު ދަތުރުތައް ރާވައި ތަމްރީނުދެއްވާ ފަރާތްތަކަށް ކުދިން ހޯދުމުގައި އެހީތެރިވުން.

3. ވަޒީފާ ދޭ ފަރާތްތަކާއި (އެމްޕްލޯޔަރުން) ގުޅުންބަދަހިކޮށް އެތަންތަން މެދުވެރިވެގެން ކޮމްޕިޓެންސީ ބޭސްޑް ޕްރޮގްރާމްތައް ހިންގުން.

4. އިންޑަސްޓްރީތަކާއި ފަންނީ ބޭފުޅުންނާއި، ކުންފުނިތަކާ ގުޅުން ރަނގަޅުކޮށް މި އިންސްޓިޓިއުޓުގެ އިމޭޖް ބިލްޑް ކުރުމަށް ތަފާތު ހަރަކާތްތަކާއި، ބައްދަލުވުންތައް ރާވައި ހިންގުން.

5. ކޯސްތަކުގައި އުޅޭ ދަރިވަރުންނާއި، ކޯސްތަކުން ފާސްވެ ވަޒީފާތަކަށްދާ ދަރިވަރުންނާއި، އަދި ކޯސްތަކަށްއެދި ފުރުސަތު ނުލިބޭ ދަރިވަރުންގެ މަޢުލޫމާތުގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން، އަދި އަޅަންޖެހޭ ފިޔަވަޅެއް ފާހަގަ ކުރެވޭނަމަ އެކަމެއް އަވަހަށް މެނޭޖްމަންޓް ކޮމިޓީއަށް ހުށަހަޅާ ފިޔަވަޅުއެޅުން.

6. ރެކްރޫޓްމަންޓް އެންޑް ޕްރޮމޯޝަނަލް ބަޖެޓް ހެދުން.

7. ކޮންމެ އަހަރަކު ކޯސްތައް ނިންމައި ސެޓުފިކެޓު ހާސިލުކުރާ ދަރިވަރުންނާއިބެހޭ ހުރިހާ މަޢުލޫމާތެއް އެއްކޮށް ދެ އަހަރުން އެއް އަހަރު ސަރވޭހަދާ ދަރިވަރުންނާ ބެހޭ މަޢުލޫމާތު ބެލެހެއްޓުން.

8. ސްރެޓެޖީތަކާއި މީޑިއާ ކެމްޕެއިންތަކާއި ކެރިއަރ ކައުންސިލިންގައި ބޭނުންކުރާއްވާނެ ވަޞީލަތްތަށް ތައްޔާރުކުރުމުގައި ކަމާއި ގުޅޭ މިނިސްޓްރީތަކުގެ އެހީތެރިކަމާއެކު ބޭރު އަދި ރާއްޖޭގެ ކަމާބެހޭ އިސްވެރިންނާއެކު މަސައްކަތް ކުރުން.

9. އަތޮޅުތަކަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކުގައި ޙިއްސާވެ ވަޑައިގަންނަވާ މުހިއްމު ދާއިރާތަކާއި މިނިސްޓްރީތަކާއި މަރުކަޒުތައް ހިމަނުއްވަވައިގެން ނެޓްވޯރކް ކުރެއްވުން.

10. ދަރިވަރުންނާ ގުޅުންހުރި އެކިއެކި ކަންކަން ސުޕަވައިޒްކުރާނެ ގޮތްތައް ރާވައިގެން އެކަން ކުރަމުން ގެންދިއުން.

11. ޕޮލިޓެކްނިކުން ރާވައި ހިންގާ މުހިއްމު ކަންތައްތަކުގެ މަޢުލޫމާތު އެކަމެއް ހިންގުމުގެ ކުރިން ހިންގުމާއި ޙަވާލުވެ ހުރި އިސްފަރާތައް އެންގުން.

12. ގްރެޖުއޭޝަންގެ ރަސްމިއްޔާތުތައް ރާވައި ހިންގުން.

13. ޕޮލިޓެކްނިކުން ހިންގާ ތަމްރިނާ ގުޅޭ ދިރާސާތައްކޮށް އެދިރާސާތައް ޝާއިޢުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

14. މަސައްކަތްތެރިކަމުގެ ދާއިރާއިން ވަޒިފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތަކާއި ގުޅުވައިދިނުމާއި ކެރިއަރ ގައިޑަންސް ދިނުމުގެ މަސައްކަތް ކުރުން.

15. ފަންނީ ހުނަރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

16. ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީނު ޕްރޮގުރާމުތައް ރާވައި ހިންގުމާއި ، މި ތަމްރީނުތައް ހިންގުމުގައި ވަޒީފާދޭ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

17. ސްޓްރެޓެޖިކް ޕްލޭން، އެކްޝަން ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭން ރިވިއުކޮށް އަދި ޕޮލިޓެކްނިކް ތަރައްޤީކުރުމަށް އެހީތެރިވުން.

18. މިނޫންވެސް މިއިންސްޓިއުޓް ކުރިއެރުމަށާއި، ދަރިވަރުންގެ އެކިއެކިކަންކަމުގައި ރާވާ ހިންގާ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވެ، ކަނޑައަޅާ ލަނޑުދަޑި ހާސިލުކުރުމަށް މަސައްކަތްކުރުން.

19. ލައިބްރަރީއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި މޮނީޓަރ ކުރުން.

20. ސްޓޫޑެންޓް އެސޯސިއޭޝަންގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

21. ކުދިންނާއި ގުޅުންހުރި ޕޮލިސީތައް އެކުލަވާލައި އަމަލުކުރުން އަދި ޕޮލިސީތަކަށް ގެންނަށްޖެހޭ ބަދަލުތައް މެނޭޖްމަންޓުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިޔުން.

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ޝަރުޠު:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް ލިބިލައްވާނެއެވެ.

އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތަކުގެ ކޮޕީ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެންބަރު 2014 އިން 07 ސެޕްޓެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަވިއު ކުރުމަށާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓު ކޮށްފައިވާ އަސްލު ގެންނެވުން އެދެމެވެ.

އިންޓަވިއު ކުރުން

        ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ޕޮލިޓެކްނިކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯނު ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ.

23 ޝައްވާލު 2014

19 އޮގަސްޓް 2014
ހޯދާ