މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން

ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން

މިމިނިސްޓްރީގެ އިޢުލާން ނަންބަރ: (IUL)471-PIDS3/1/2021/252 (20 ޑިސެމްބަރ 2021) އިން ގަވާއިދު ނަންބަރު (ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން 6 ޞަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް އާންމުކޮށް ހުޅުވާލެވުނު ދައުވަތު ވަނީ ބަދަލުވެފައެވެ. 

ގެނެވުނު ބަދަލުތަކާއެކު ތިރީގައި ލިސްޓްކޮށްފައިވާ 6 ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީ ކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް  އާންމުކޮށް ދައުވަތު އަލުން ހުޅުވާލަމެވެ. 

މި މޮޑެލްގެ ދަށުން އަންނަނިވި 6 ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުން ހިމެނެއެވެ. 

އެއަރޕޯޓް ހިމެނޭ ރަށް/ ސަރަޙައްދު

މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ ޖުމްލަ އަދަދު (އެމެރިކާ ޑޮލަރ)

އެއަރޕޯޓް ހިމެނޭ ރަށް/ ސަރަޙައްދު

މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ ޖުމްލަ އަދަދު (އެމެރިކާ ޑޮލަރ)

  1. ހދ. މަކުނުދޫ

USD 23,300,000

4. ތ. ވިލުފުށި

USD 33,300,000

 2. ށ. ބިލެތްފަހި  

USD 23,600,000

5. ފ. މަގޫދޫ

USD 8,200,000

3. ބ. ތުޅާދޫ    

USD 21,900,000

6. ރ. އަތޮޅު ދެކުނުބިތުގައި (ވަކިރަށެއް ކަނޑަނޭޅޭ)

USD 23,600,000

ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި މައިގަނޑު ނުކުތާތަކަށް ރިޢާޔަތްކުރުން އެދެމެވެ. 

(ހ) ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫއެކެވެ. ޝައުގުވެރިކަން ފާޅުކުރުމުގައި ތަރައްޤީ ފައިނޭންސް ކުރަނީ ކޮން އެއަރޕޯޓް މަޝްރޫޢެއްކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

(ށ) ޝައުގުވެރިކަން ފާޅުކުރުމުގައި، އެއަރޕޯޓެއްގެ ތަރައްޤީ ފައިނޭންސްކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރ        (USD 3,000,000) އެވެ.

(ނ) ޝައުގުވެރިކަން ފާޅުކުރުމުގައި، މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް، ނުވަތަ އޭގެންބައެއް ފައިނޭންސް ކުރުމަށް ހުށަހެޅިދާނެއެވެ.

(ރ) އެއަރޕޯޓް ތަރައްޤީފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނޭއެވެ.

(ބ) މި މޮޑެލްގެ ދަށުން، ދައުވަތަކާނުލައި ބިޑްކުރުމުގެ އުސޫލުގެ (އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ޕޮލިސީ) ދަށުން، ޝަޢުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލްއިން ނަމަ ފޮނުވާނީ [email protected] އަށެވެ. ޝައުގުވެރިކަން ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

15 ފެބުރުވަރީ 2022
ހޯދާ