ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން

    ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގެޒެޓުކޮށްފައިވާ ގަވާއިދުތައް އިނގިރޭސިބަހަށް ތަރުޖަމާ ކޮށްދޭން ޝައުޤުވެރިކަން ހުރި  ފަރާތްތަކުން ބިޑް ހުށަހެޅުމަށް ކުރެވުނު ނަންބަރު: 480/IUL/2022/02 (16 ޖަނަވަރީ 2022) އިޢުލާނަށް ހުށަހެޅިފައިވާ ބިޑްތަކުގައި ތަރުޖަމާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އެކަށީގެންވާ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި މަސައްކަތަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ފެބުރުވަރީ 2022 ގެ 10:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (މ. ވީނަސް، ނޫރީ ގޯޅި، 5 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ފެބުރުވަރީ 2022 ގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

    މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.

    މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

15 ފެބުރުވަރީ 2022
ހޯދާ