ދިވެހިރާއްޖެ
މިކައުންސިލްގެ ވޭސްޓްމެނޭޖްމެންޓް މަސައްކަތް ކުރައްވާ މުވައްޒަފުން (ޑްރައިވަރުން) ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް:
ޕޫލް ޑްރައިވަރ
ދުއްވަންޖެހޭ އުޅަނދުގެ ބާވަތް:
2 ޓަނަށްވުރެ ދަށުގެ އިންޖީނުލީ އެއްގަމު އުޅަނދު (ޕިކަޕް).
ބޭނުންވާ އަދަދު:
3 (ތިނެއް )
މަޤާމުގެ ގިންތި:
ވަގުތީ
ވަޒީފާ އަދާކުރަން ޖެހޭ ތަން:
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ރ.އިންނަމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު
އަސާސީ މުސާރަ:
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/33.65 (ތިރީސް ތިން ރުފިޔާ ފަސްދޮޅަސް ފަސްލާރި )
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ރަށު ފެންވަރުގައި ކުނިމެނޭޖްކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ބޭނުންކުރަމުންދާ ވެހިކަލް ދުއްވުމާއި، ވެހިކަލް މަރާމާތުކުރުން.
2. ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ކުނިކޮށްޓަށް ގެނެވޭ އެންމެހާ ކުނިތައް ވަކިކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
3. ކުނިކޮށީގެ ހާލަތު ބަލައި ކައުންސިލަށް މަޢުލޫމާތު ހިއްސާކުރުން.
4. ކައުންސިލުން އަންގާ ގޮތެއްގެމަތިން ކުނިތައް ނައްތާލުމުގެ މަސައްކަތް ލޭބަރުން ލައްވާ ކުރުވުން.
5. ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އެންމެހާ ކަންކަން ކައުންސިލްގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކުރުން.
6. ކުނި އުފުލާ ވެހިކަލް ގަވައިދުން ދޮވެ ސާފުކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރ ކުރުން.
7. މަސައްކަތުގެ ދާއިރާއިން ކައުންސިލްގެ ފަރާތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:
1. ލިޔަންކިޔަން އެނގުން.
2. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ: C1 އޮންނަ ފަރާތަކަށް ވުން.
3. ދިވެއްސަކު ކަމުގައިވުން.
4. އުމުރުން 60 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 22 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.