މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Cyprus KIOS Research and Innovation Centre of Excellence 2022

Cyprus KIOS Research and Innovation Centre of Excellence 2022

 

ރިޕަބްލިކް އޮފް ސައިޕްރަސްގައި ހުންނަ "ކިއޯސް ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރ އޮފް އެކްސަލެންސް" އިން ހިންގުމަށް ހަމަޖެހިފައިވާ އިންޓެލިޖެންޓް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ސިސްޓަމްސް އެންޑް އެމްޕްލޯއިމެންޓް އޮޕޮޗިނިޓީސްގެ ދާއިރާއިން  މާސްޓަރސް ޕްރޮގްރާމްގެ 10 ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެފަރާތުންވަނީ އަންގަވާފައެވެ.

 

މި ސްކޮލަރޝިޕް އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކައް ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެނޫން ފަރާތްތަކަށް %50 ޚަރަދު ދޭނެކަމަށް ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން ވަނީ އަންގަވާފައެވެ.

 

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ

https://www.kios.ucy.ac.cy/

                 

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 25 ފެބުރުވަރީ 2022 އެވެ. 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

15 ފެބުރުވަރީ 2022
ހޯދާ