ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

1443 ވަނަ އަހަރު ރަމަޟާންމަހު 1 ން 14 ށް ދުބާއީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

 

1-      ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކު ކަމުގައިވުން

2-      ތަޖްވީދުގެ ޙުކުމްތަކާއެކު ޤުރްއާން ފުރިހަމައަށް ކިޔަވަން ދަންނަ މީހަކަށް ވުން.

3-      ފިރިހެނަކު ކަމުގައިވުން.

4-      16 އޭޕްރީލް 2022 ށް 25 އަހަރު ފުރިފައިނުވުން.

5-      މި މުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

6-      ދިވެހިރައްޔިތެއް ކަމުގައިވުން.

 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 2022 ފެބްރުއަރީ 24  ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

15 ފެބުރުވަރީ 2022
ހޯދާ