ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާން

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމްގެ ނަންބަރ:

J-337541

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް. 1

މަޤާމްގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 700.00 ރުފިޔާ
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލް އިދާރާއަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީ، މެސެޖް، އަދި އެހެނިހެން ލިޔުންތައް އެންޓްރީކޮށް ޙަވާލުކުރުން
  3.  ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  4. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ރޫޓްކުރުން. އަދި އީ-ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ރޫޓްކުރުން.
  5. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުން
  6. ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކައުންސިލުގެ ޢާންމު ބައްދަލުވުންތަކާއި ޚާއްޞަ ބައްދަލުވުންތަކުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން
  7. ކައުންސިލުގެ ހުރިހާ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުމާއި ޢާންމުކުރުން
  8. ބިދޭސީ މުވައްޒަފުންގެ އެގްރީމަންޓް މުއްދަތު ހަމަވުމުން، އައުކޮށް ހަދައި ބިދޭސީ މުވައްޒަފުންގެ ޕާރސަނަލް ފައިލް ހަދާ، އަޕްޑޭޓުކޮށް ބެލެހެއްޓުން
  9. ބިދޭސީ މުވައްޒަފުންގެ ކަންކަމާ ގުޅިގެން ކުރަން ޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  10. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
  11. ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި ކުނި ނައްތާލުމުގެ ނިޒާމާއި ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން
  12. ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި ފެރީދަތުރުފަތުރުގެ ކަންތައްތައްކުރުން
  13. ފެނާއި ނަރުދަމާ އަދި ކަރަންޓްފަދަ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން
  14. ރަށުގެ އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތަކާއި ޕާކްތައް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  15. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ޚިލާފަށް ހިންގަމުންދާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން
  16. ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަޢާރަޟު ނުވާ ގޮތުގެމަތިން، ރަށުގެ ބިން ދޫކުރުމާއި، ބިމާއި ޢިމާރާތާއި ގޯތިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްހެދުމާއި، ދޫކުރުން
  17. ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި  ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ އެންމެހާ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  18. ރަށުގެ ބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާއިބެހޭ ޤްއުމީ ދަފްތަރު އެކުލަވައި ދައުލަތުގެ ކަމާއިބެހޭ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްކުރުން
  19. ރަށުގެ ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ރާވައި ހިންގުން
  20. ރަށުގެ މަގުތަކާއި ޢިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  21. ރޭގަނޑު ރަށުގެ މަގުމަތި ދިއްލުމަށް ބޭނުންވާ އެންމެހައި ވަޞީލަތްތައް ހޯދައި އެމަސައްކަތްކުރެވޭނެ އިންތިޒާމް ރާވައި، ހިންގައި ބެލެހެއްޓުން
  22. ރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތްކުރުމާއި މަދިރި ކޮންޓްރޯލްކުރުމުގެ އެންމެހައި ރާވައި ހިންގައި ބެލެހެއްޓުން
  23. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައިއާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތާއި އެފަދަ ޙާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  24. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތު ފެންވަރުބެލުމާއިބެހޭ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ފޯމްތައް ތައްޔާރުކޮށް ސެކްޝަންތަކުގެ ވެރިންނާއި ޙަވާލުކޮށް މާކްސްދީ ނިމުމުން ކަނޑައެޅިފައިވާ މުއްދަތުގައި ވިއުގައަށް އަޕްލޯޑްކުރުމުގެ މަސައްކަތްކުރުން
  25. މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމަށްޓަކައި ޓްރެއިނިންގ ނީޑް އެނާލިސިސް ހަދައި، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ތާވަލާއިއެއްގޮތަށް މުވައްޒަފުންނާއި ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ޝެޑިއުލްއާއި އެއްގޮތަށް މުވައްޒަފުންނަށް ފޯރުކޮށްދީ،   ތަމްރީން ޕްރޮގްރާމްތައް ހިންގަންޖެހޭ ޙާލަތްތަކުގައި އިންތިޒާމްކޮށް ހިންގުން 
  26. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

މަޤާމުގެ ޝަރުޠު:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކޮމާސް
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
  • ކޮމްޕިއުޓަރ ސައިންސް
  • ކައުންސިލް އެޑްމިނިސްޓްރޭޝަން
  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • އިކޮނޮމިކްސް
  • ފައިނޭންސް
  • ގަވަރނަންސް
  • ހިއުމަން ރިސޯސް
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • އިންޓަނޭޝަނަލް ރިލޭޝަންސް
  • ލޯ
  • ލޯކަލް ގަވަރނަންސް
  • މެނޭޖްމަންޓް
  • މާކެޓިންގ
  • މާކެޓިންގ މެނޭޖްމަންޓް
  • އޮފީސް އެޑްމިނިސްޓްރޭޝަން
  • ޕޮލިސީ ސްޓަޑިޒް
  • ޕޮލިޓިކަލް ސައިންސް
  • ޕްރޮޖެކްޓު މެނޭޖުމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް މޭނޭޖްމަންޓް
  • ޕަބްލިކް ޕޮލިސީ
  • ޕަބްލިކް ރިލޭޝަންސް
  • ޝަރީޢާ އެންޑް ލޯ
  • ސޯޝަލް ސައިންސް
  • އާބަން ސްޓަޑީޒް

 

މަޤާމުގެ ޕްރިފަރޑް އަދި ކޯ ޑިސިޕްލިން

  • ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ) މުއްދަތުހަމަވެފައިވީ ނަމަވެސް)  ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އަ.އި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓޤރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކީން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން    https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް  ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިއވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކީން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޯށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ވުނަތަ ބައިނަލްއަޤްވާނީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފަގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮސްފައިވީ ނަމަވެސް) ވަކިންވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2021 (ދެވަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމެނިފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 24 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 2022 ފެބުރުވަރީ 27 އާއި 2022 މާރިޗު 27 އާ ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  http://www.csc.gov.mv/recruitment-usoolu އިން ލިބެންހުންނާނެއެވެ.

 

 

                                 

15 ފެބުރުވަރީ 2022
ހޯދާ