މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

 މަޤާމް: އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ  (ވަގުތީ)

ޑިޕާޓްމަންޓް: މެމްބަރ ސަރވިސަސް

 ބޭނުންވާ ޢަދަދު: 03                

މަސައްކަތް ކުރަންޖެހޭ މުއްދަތު:  06 މަސް ދުވަސް 

ވަޒީފާ އަދާކުރަންޖެހޭ ތަންމޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިޙާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. 

  2. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. 

  3. ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތް ކުރަން އެނގުން. 

މުސާރަ 

  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތު ތަކުގެ މަޢުލޫމާތު މި އިއުލާނާއެކު އެވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި އެވަނީއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވޭނެއެވެ.

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް

  • ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއިއެކު ހިމަނާފައި)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ)  ކޮޕީ 

  • އެޓެސްޓް ކޮށްފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) 

  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

  • ސޮއި ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" ގައިވާ ޗެކްލިސްޓް

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

އިންޓަރވިއު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު 23 ފެބުރުވަރީ 2022 އިން 29 ފެބުރުވަރީ  އާއި ދެމެދު  މި އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، މި އޮފީހުންއިން ކަނޑައަޅާ މެމްބަރުން (މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. 

ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2022 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ) ، ޗާނދަނީ މަގު

ފޯން:  1441

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.

15 ފެބުރުވަރީ 2022
ހޯދާ