ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސާމްޕަލް ޓޭކަރ

 

ހުޅުމާލެ ހޮސްޕިޓަލަށް ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފުން ނަގަން ބޭނުންވެއެވެ.

 

މަޤާމް:    ސާމްޕަލް ޓޭކަރ

ބޭނުންވާ ޢަދަދު:  01

މުއްދަތު: 03 މަސް ދުވަސް

މަސައްކަތުގެ ވަގުތު: ދަންފަޅި އުޞޫލުން ދުވާލަކު 8 ގަޑިއިރު

އުޖޫރަ: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ، ދުވާލަކު 6 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  

ތަޢުލީމާ ތަޖުރިބާ:  ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ނިންމާފައިވުން

މަޤާމުގެ މައިގަނޑު މަސައްކަތް:

  1. ސާމްޕަލް ނަގަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 30މިނެޓް ކުރިން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ސައިޓް ތައްޔާރުކޮށް މަސައްކަތަށް ބޭނުންވާނެ އެންމެހައި ތަކެތި ހަމަކޮށް ގަޑިއަށް ސާމްޕަލް ނަގަން ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްވުން.
  2. ޕީ.ސީ.އާރ،ރެޕިޑް އެންޓިޖެން ޓެސްޓް ހެދުމަށްޓަކައި ނަގަންޖެހޭ ސާމްޕަލް ނެގުން
  3. ޚިދުމަތް ހޯދުމަށް އެދި އަންނަ ފަރާތްތަކާއި، ރީތިބަހުން ހިތްހެޔޮކަމާއެކު މުޢާމަލާތްކުރުމާއި، އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުން
  4. ސާމްޕަލް ނެގުމަށް އައިސް ތިބޭ ފަރާތްތަކުގެ ކިއު ތަރުތީބު ކަނޑައެޅިފައިވާ އިންތިޒާމެއްގެ ދަށުން ކިއު ނަންބަރު ދޫކުރުމާއި ކިއު ތަރުތީބު ބެލެހެއްޓުން.
  5. މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޕީޕީއީ ރައްކާތެރިކަމާއި އެކު އެޅުން.
  6. ސާމްޕަލް ނަގާފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް ސާމްޕްލާއަށް އެޅުމާއި ޔޫޓީއެމްގައި ލޭބަލްކުރަންޖެހޭ މައުލޫމާތު ފުރިހަމައަށް ލޭބަލް ކުރުން. (ފުރިހަމަ ނަން، އައިޑީކާޑު ނަންބަރ، ސާމްޕަލް ނެގި ގަޑި އަދި ތާރީހް)
  7. ކޮންމެ ޝިފްޓެއް ނިންމުމަށް ފަހު ސައިޓް ރަނގަޅަށް ސާފުކުރުމާއި ނައްތާލަން ޖެހޭ ތަކެތި ރައްކާތެރިކަމާއި އެކު ނައްތާލުން.
  8. ކޮންމެ ޝިފްޓެއްގައިވެސް ނެގުނު ސާމްޕަލްތަކުގެ ތަފްސީލް ރިޕޯޓްތައްޔާރުކޮށް ބެލެހެއްޓުން.

ކުރިމަތިލުމުގެ ސުންގަޑި: 22 ފެބްރުވަރީ 2022 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ، 4 ވަނަ ފަންގިފިލާއަށް) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ފެބުރުވަރީ 2022
ހޯދާ