މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަންޕް ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްތައް ނެގުމާއި ގުޅޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                          ނަމްބަރ: 331/331/2022/11(IUL)

އިޢުލާން

 

ޕަންޕް ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްތައް ނެގުމާއި ގުޅޭ

 

              މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ޕަންޕް ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި ނުފޯދޭ ރުއްތައް، އެތަންތަނުން ނަގަން ބޭނުންވެއްޖެއެވެ.

              ޕަންޕް ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މިރަށު ޖޭސްމީންއޭ ކިޔާ ގޭގެ ހުޅަނގު އުތުރު ފަރާތާއި، މިރަށު ފުޓްބޯޅަ ދަނޑުގެ އިރު ދެކުނު ފަރާތުގެ ސަރަހައްދެވެ. ނަގަން ބޭނުންވާ ރުއްތައް ހުރި ތަންތަން އެސަރަހައްދުތަކުގައި ޓޭޕް ދަމައިގެން ފާހަގަކޮށްފައިވާނެއެވެ.

             ވީމާ، ޕަންޕް ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި ނުފޯދޭ ރުއްތައް، އެރުއްތަކުގެ ވެރިފަރާތްތަކުން، 20 ފެބްރުވަރީ 2022 ވަނަ ދުވަހުގެ ނިޔަލަށް އެތަންތަނުން ނެންގެވުމަށް ދަންނަވަމެވެ.

15 ފެބުރުވަރީ 2022
ހޯދާ