މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ވަށާފާރާއި ގޭޓް އަމިއްލަ ތަކެތީގައި ހެދުމަށް ބޭނުންވެއްޖެ

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ވަށާފާރާއި ގޭޓް އަމިއްލަ ތަކެތީގައި ހެދުމަށް ބޭނުންވެއްޖެ

1-   މިސްކޫލްގެ މަގުފާރާއި ގޭޓް އަމިއްލަ ތަކެތީގައި ހެދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް  ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2-   މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3-   މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  15 ފެބްރުއަރީ  2022   ން 17 ފެބްރުއަރީ  2022  ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ މިއިއުލާން އާއި އެކު އެފަތްކުރެވިފައިވާނެއެވެ. (ގެޒެޓްކުރެވިފައި)

4-   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ފެބްރުއަރީ  2022  ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5-   ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  22 ފެބްރުއަރީ  2022  ވަނަ ދުވަހުގެ 11:00 މިސްކޫލްގެ ހޯލްގައެވެ.

6-   މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓްކުރެވިފައި)

7-   މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޑުއްވަރީ ސްކޫލް

ރ މަޑުއްވަރި

ފޯން:  6580146 އީ-މެއިލް [email protected]

ކޮޕީ-މެއިލް: [email protected]  

15 ފެބުރުވަރީ 2022
ހޯދާ