އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

 

ތާރީޚް: 14 ފެބްރުވަރީ 2022

ނަންބަރު: IUL)486-HR/1/2022/7)

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ޓްރޭނިންގ އެގްޒެކްޓިވް

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކްޓިވް އޮފިސަރ ގްރޭޑް 2

ރޭންކް

 އޯޓީޖޭ ޕީ10

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 އެގްޒެކްޓިވް ސަރވިސް ޑިޕާރޓްމެންޓް

މުސާރަ:

15,000/-ރ (ފަނަރަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފައްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-       އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2-      އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކު ރެކޯޑްސް ބެލެހެއްޓުން އަދި ޕްރޮގްރާމްގެ އިފެކްޓިވްނެސް ބެލުން.

3-      އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް އެވެއަރނަސް ސެޝަންތައް ބޭއްވުން އަދި މީޑިއާ މެދުވެރިކޮށް މުޖުތަމައު ހޭލުންތެރި ކުރުވުން

4-      އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމަޢު ހޭލުންތެރިކުރުމަށްއެޑިޔުކޭޝަނަލް މެޓީރިއަލްސް ތައްޔާރުކުރުން.

5-      މީޑިއާ އެޑްވޮކަސީ ކޮންސެޕްޓް ތައްޔާރުކުރުމާއި ހިންގުން.

6-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ  އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ،ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް އަނިޔާދިން ފަރާތްތަކަށް  މުޖުތަމަޢުގައި އިޙްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަން ދިނުމުގައި އެޑިއުކޭޝަނަލް ކޮމްޕޯނަންޓްތައް ހިމަނައިގެން ޕްރޮގްރާމްތައް  ކުރިއަށްގެންދިއުން.

7-      އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް އެކަމުން ފިލާވަޅު ލިބޭނޭހެން ހަދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތައް ޤާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި ހަވާލު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން

8-      އިންސާނީޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އަކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ޝާއިޢު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުން.

9- އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ތަމްރީނު ދިނުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.

10-      މީގެ އިތުރުންވެސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ޓްރޭނިންގ، ހިއުމަން ރިސޯސް، ޕަބްލިކް އަވެއަރނަސް، ޓީޗިންގ

 

 

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  28 ފެބްރުވަރީ 2022 ގެ 14:00

 

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223473

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   13 ރަޖަބް 1443

14 ފެބުރުވަރީ 2022
ހޯދާ