މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ކޮމެޓީ އެކުލަވާލުން

             މިރަށުން އަލަށް ގޯތި ދިނުމަށްޓަކައި އެކުލަވާލަންޖެހޭ އުޞޫލުތައް އެކުލަވާލުމާއި، އަދި ގޯތި ދޫކުރުމާއިބެހޭގޮތުން  ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް  ގޯތި ކޮމެޓީ ގައި ހިމެނުމަށް  ޢާންމުންގެ ތެރެއިން 5 ބޭފުޅަކު އައްޔަންކުރަން ބޭނުންވެއެވެ.

 ގޯތި ކޮމެޓީގެ މެމްބަރުންނަށް އެލަވަންސް ދެވޭނެގޮތް ތިރީގައި ދަންނަވަމެވެ.

              ޗެއަރޕަރސަން އަށް       ކޮންމެ ޖަލްސާއަކަށް -/300 ރުފިޔާ.

              މެމްބަރަކަށް             ކޮންމެ ޖަލްސާއަކަށް -/200 ރުފިޔާ.

         ވީމާ، ގޯތި ކޮމެޓީގައި ޙަރަކާތްތެރިވާން ބޭނުންފުޅުވާ ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް 23 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި އެކު  ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

1-  ލިޔަންކިޔަން އެގުން

2- ގޯއްޗަށް އެދޭފަރާތެއްކަމުގައި ނުވުން. 

        މިހެންވެ މިކަން ޢާންމުކޮށް އެނުގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2022
ހޯދާ