ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭ ދުވަހަށް ބަދަލުގެނައުން

ކުރިން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އިއުލާން ކުރެވިފައިވާ ތާރީހު ވަނީ 19 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުން 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައެވެ.

އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2022 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނޭ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.

 

އޭޖީއެމް ބޭއްވޭނޭ ތާރިހް:- 26 ފެބްރުއަރީ 2022

ގަޑި:- 16:00

ތަން:- ސޯޝަލް ސެންޓަރ / ސެމިނަރ ރޫމް

2022 ވަނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ

  1. ތައާރަފް
  2. 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
  3. 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
  4. 2022 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
  5. 2022 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
  6. އެހެނިހެން ކަންތައް

  

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

14 ޖަނަވަރީ 2022
ހޯދާ