ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ކުނިކޮށި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ 02 ކުނިކޮށި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 20 ފެބުރުވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ ދުވަހުގެ 10:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓަރކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/kGLMobjxuLaZvHwNA

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ ދުވަހުގެ 10:00 ގައި އޮންލައިންކޮށް ކުރިއަށްގެންދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ފެބްރުއަރީ 2022 ވާ (ހޯމަ) ދުވަހުގެ 10:00 ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލެއަރެންސް ރިޕޯޓް ހޯދުމަށް ސަމާލުކަންދިނުން އެދެމެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ފެބުރުވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

14 ފެބުރުވަރީ 2022
ހޯދާ