މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ އިޖުތިމާއީ މަރުކަޒުގެ ދޮރުތަކާއި ދޮރުފަތްތައް ބަދަލުކުރުމާއި ބެހޭ

މިރަށު އަންހެނުންގެ އިޖުތިމާއީ މަރުކަޒުގައި މިހާރު ހަރުކޮށްފައިވާ ދޮރުތަކާއި ދޮރުފަތްތައް ނަގައި، އެލްމެނިއަމް ދޮރާއި ދޮރުފަތް އަމިއްލަ ތަކެތީގައި ހަދާއި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

              ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު،

27 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އެސްޓިމޭޓްއޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މާކްސް ދެވޭ މިންގަޑުތައް:

ހުށަހަޅާ އެންމެ ދަށްއަގު:    80%

މަސައްކަތް ނިންމާ މުއްދަތު: 15%

ތަޖުރިބާ:              5%

 

               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        

          13 ރަޖަބް 1443

         14 ފެބްރުއަރީ 2022

14 ފެބުރުވަރީ 2022
ހޯދާ