ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަޤާމް :Security officer (CMS)
ބޭނުންވާ އަދަދު :1

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް / ކ.ވިލިގިލި

ގްރޭޑް:

1

ސްޕައިން ޕޮއިންޓް:

03

މުސާރަ:

މަހަކު 3,772/15 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,616/64 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

މަހަކު: 1,957 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ އަދި އެތަނަށް ވަދެ ނިކުމެ ހަދާފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤަވާއިދުން ކުރުން.
  2. ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ ވަށައިގެން ހިނގާ، ތަނުގެ ރައްކައުތެރިކަން އެކިފަހަރުމަތިން ބެލުމާއި، ސެކިއުރިޓީ ކެމެރާތަކުގެ އެހީގައި ތަނުގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި، ތަނުގައި ހުންނަ ތަފާތު ބާވަތުގެ އެއްޗެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.
  3. ސިއްޚީ ސަލާމަތާއި ރައްކައުތެރިކަމަށް ކުރާ މޮނިޓަރިންގް ކަންކަމުގައި އެހީތެރިކަން ދިނުން. މިގޮތުން ޓެމްޕަރޭޗަރ ބެލުން ފަދަ ކަންކަން ހަވާލުކުރުމުން ޤަވާއިދުން އެކަންކަން ކުރުން.
  4. ވަދެވެން ހުންނަ ދޮރު، ގޭޓްފަދަ ތަންތަން މޮނިޓަރ ކުރުމާއި އިމާރާތާއި، ގޯތިތެރެއާއި، އެސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
  5. ޑިއުޓީކުރަންޖެހޭ ބްލޮކެއްގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެންމީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
  6. އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  7. ތަނަށް ވަދެނިކުމެވާ ވެހިކަލްތައް މޮނިޓަރކުރުމާއި، ޕާރކްކުރުމަށް ހަމަޖެހިފައިވާ ތަންތަން ނޫންއެހެން ތަންތަނުގައި ޕާރކްކުރޭތޯ ބެލުމާއި، ޤަވާއިދާއި ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.
  8. ވޮޗަރުންގެ ބެލުމުގެދަށުގައިވާ ތަންތަން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޤަވާއިދުން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން).
  9. މުވައްޒަފުން ނުވަތަ އެހެންވެސް ފަރާތަކުން ތަނުގައި ޤާއިމް ކޮށްފައިވާ ތަކެއްޗަށް ގެއްލުމެއް ދިނުން، ނުވަތަ ގެއްލުމެއް ދީފާނޭފަދަ އަމަލެއް ފާހަގަވާނަމަ އެފަދަކަންކަން ރިޕޯރޓްކުރުމާއި އަޅަންޖެހޭ ފިޔަވަޅުއެޅުން.
  10. ސެކިއުރިޓީ ބެލެހެއްޓުމުގެ ތަމްރީނުގައި ދަސްކޮށްދެވޭ ކަންކަން ތަންފީޒްކުރުމަށް މަސައްކަތް ކުރުން.
  11. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.
  12. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން. މިގޮތުން ޔުނިވަރސިޓީގެ މުހިންމު ކަންކަމާއި ގުޅުވައިގެން ބާއްވާ ފެއަރ، ޖަލްސާ ފަދަ އެނެމެހާކަންކަން ކުރުމުގައި އެދޭ އެހީތެރިކަން ދިނުން.
  13. ސެކިއުރިޓީ ސްޓާފުންގެ ތެރެއިން ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. އަދި ޑިއުޓީގަޑި އަދި ސްޓޭޝަން ފަދަ ކަންކަން ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަމަށް ފުރިހަމައަށް އިޖާބަދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • ·         2022 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-59

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރެއްވި މުއްދަތު ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެ ރަސްމީ ލިޔުމެއް. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މި މަޤާމަށް ހޮވޭ ފަރާތުން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އިތުރުން ޔުނިވަރސިޓީގެ އެކި ފެކަލްޓީ އަދި ސެންޓަރުތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
14 ފެބުރުވަރީ 2022
ހޯދާ