މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު އަންހެނުންގެ ހިޔާ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ނ. ކެނދިކުޅުދޫ ކެނދިކޮޅު، އަންހެނުންގެ ހިޔާ 2 ކޮޓަރި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް މިކައުންސިލަށް ބީލަން ހުށައެޅުމަށް ދަންނަވަމެވެ.

މިބީލަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.

އަންހެނުންގެ ހިޔާ ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ އެންމެ ދަށްއަގަކީ މުޅި އެޕާޓުމަންޓް އެއްކޮށް މަހަކު 3000 ރުފިޔާއަށެވެ. ނަމަވެސް ވަކިން 1 ކޮޓަރި ކުއްޔަށް ހިފަން ބޭނުންނަމަ ކޮޓަރިއެއް މަހަކު 1700 ރުފިޔާއަށެވެ. ވީމާ، މިއަގުތަކަށްވުރެ ކުޑަކޮށް އަގު ހުށައަޅާ ބީލަންތައް އޮޓޮމެޓިކުން ޑިސްކޮލިފައިވާނެއެވެ. އަދި މި ފުރުޞަތު ހުޅުވާލުމާއެކު ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކާއެކު އެއްބަސްވުން ހެދޭނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ކަރުދާހުގެ ހާޑް ކޮޕީ ހުށައަޅުއްވަންވާނީ ސިޓީއުރައިގާ ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "އަންހެނުންގެ ހިޔާ ކުއްޔަށް ހިފުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށްފަހު މިކައުންސިލްގެ ކައުންޓަރަށެވެ. އަދި ބީލަން ކަރުދާސް މެއިލްކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާއިރު، ސްބްޖެކްޓްގައި "އަންހެނުންގެ ހިޔާ ކުއްޔަށް ހިފުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ލިޔުއްވަންވާނެއެވެ.

ހުށައަޅަންޖެހޭ ތަކެތި

  1. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  2. ފުރިހަމަކޮށްފައިވާ ބީލަން ހުށައަޅާ ފޯމް

ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

12   ރަޖަބު      1443   

13   ފެބަރުއަރީ    2022                         

13 ފެބުރުވަރީ 2022
ހޯދާ