މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން

އިޢުލާން

 

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި ތަކެތީގެ އަގު ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި އެމަސައްކަތް ކުރުމަށްޓަކައި އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް (މަދުވެގެން 3 މެމްބަރުން ހިމެނޭގޮތަށް) އެކުލަވާލަން ބޭނުންވެއެވެ. މިގޮތުން އަގުކުރަންޖެހޭ ޙާލަތުގައި ކަނޑައެޅޭ އަގުކޮމިޓީގެ މެމްބަރުންނަށް އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް ކޮންމެ މެމްބަރަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

 

ވީމާ، އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރުގައި ނަން ހިމެނުމަށް ޝަޢުގުވެރިވާ، ޢުމުރުން 18 އަހަރުންމަތީގެ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައިޑީ ކާޑުގެ ކޮޕީއާއިއެކު 2022 ފެބްރުއަރީ 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

މިގޮތުން ހުށަހަޅާ ލިޔުމުގައި އެމީހެއްގެ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަންބަރު، އުފަން ތާރީޚް، ތަޢުލީމީ ފެންވަރު އަދި ވަޒީފާއެއް އަދާކުރާނަމަ އަދާކުރާ ވަޒީފާއާއި ވަޒީފާ އަދާކުރާ ތަނުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.                              

12 ރަޖަބު 1443

     

13 ފެބުރުވަރީ 2022
ހޯދާ