މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

`

 

މުރައިދޫ ސްކޫލް

 

    މުރައިދޫ،

   ދިވެހިރާއްޖެ.

 (IUL)GS83/2022/02 :އިއުލާން ނަންބަރު 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1        ކޮންޓެކްޓް އުސޫލުން 01 މާރޗް 2022 އިން 28 ފެބުރުއަރީ 2023 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)GS83/2022/01 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑު ހުށަހަޅާފައިނުވާތީ އެއިއުލާން ބާޠިލުކޮށް އަލުން ބިޑުހުށަހެޅުމަށް ހުޅުވާލަމެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

2        މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ފެބުރުއަރީ 2022 އިން 17 ފެބުރުއަރީ 2022 ގެ ނިޔަލަށް މުރައިދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.

3        މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 ފެބުރުއަރީ 2022 ވަނަ ދުވަހު 13:00 ގައި މުރައިދޫ ސްކޫލުގައެވެ.

4        މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

5        މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

6        ބިޑް ހުޅުވުން އޮންނާނީ 24 ފެބުރުއަރީ 2022 ވަނަދުވަހު 13:00 ގައި މުރައިދޫ ސްކޫލުގައެވެ.

7        އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

 

މުރައިދޫ ސްކޫލް

ހއ މުރައިދޫ، ދިވެހިރާއްޖެ

ފޯން:  6500537

އީ-މެއިލް: [email protected]

13 ފެބުރުއަރީ 2022

13 ފެބުރުވަރީ 2022
ހޯދާ