ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 އެއާކޮންޑިޝަން ގަނެގެން ގެނެސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

03 އެއާކޮންޑިޝަން ގަނެގެން ގެނެސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

 

            18000 ބީ.ޓީ.ޔޫ.ގެ އިންވާޓަރ 03 އެއާކޮންޑިޝަން ގަނެގެން ގެނެސް މިއިދާރާއިން ދައްކާ ތަންތަނުގައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 14 ފެބުރުއަރީ 2022 ވަނަދުވަހުގެ 8:30 އިންފެށިގެން 21 ފެބުރުއަރީ 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 08 މާރިޗު 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 21 ފެބުރުއަރީ 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  12 ރަޖަބު   1443

                  13 ފެބުރުއަރީ 2022

13 ފެބުރުވަރީ 2022
ހޯދާ