އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ          

މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (ހ. ކެލީތިއާ / ހަކުރާގޯޅި) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އިސްވެ ދެންނެވުނު ގަޑީގެ ފަހުން ހާޒިރުފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

08 ރަޖަބު 1443

10 ފެބުރުވަރީ 2022
ހޯދާ