މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތު މީހުން ހޯދަން ބޭނުންވެއްޖެ

މަޤާމް:    

ޓީޗަރ (ޕްރީސްކޫލް)

ބޭނުންވާ އަދަދު

02

މަގާމުގެ ގިންތި:

ކޮންޓްރެކްޓް (ދިރާސީ 01 އަހަރު)

ވަޒީފާ އަދަކުރަން ޖެހޭ ތަން:

މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ

އުޖޫރަ: ( ގަޑިއިރަކަށް )

43.47ރުފިޔާ

މަޤާމްގެ ޝަރުތު:

ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކިޔަވައިދިނުމުގެ އެންމެހާ ކަންތައްތަކާއި ބޭބީ ނާސަރީ އަދި ނާސަރީގެ ކުލާސްތަކުގައި ހިންގާ ތަފާތު ޕްރޮގްރާމްތައް ކައުންސިލުންނާއި ޕްރީސްކޫލް ޓީޗަރުން މަޝްވަރާގެމަތިން ކުރުން.
  2. ޕްރީސްކޫލް ދަރިވަރުންނާއިބެހޭ ލިޔެކިއުންތައް އަދި ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަކުރުމުގައި ޕްރީސްކޫލް ޓީޗަރުންނަށް އެހީތެރިވެދިނުން.
  3. ޕްރީސުކޫލަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވުން. (ކައުންސިލާއި މަޝްވަރާކޮށްގެން ތަކެތި ހޯދުން)
  4. ޕްރީސްކޫލް ޓީޗަރުންގެ ލަފާގެ މަތިން ކްލާހަކީ ކުދީންނަށް އަމިއްލައަށް އުގެނުމަށް ފަހި މާހައުލެއް އުފެއްދުން. (ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވައިލުން)
  5. ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭން ތައްޔާރުކުރުމަށާއި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ކުދީންގެ ތަޢުލީމް ކުރިއެރުވުން (ކުދީންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދީންގެ ހުނަރުތައް) ޤަޥާޢިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަޥާޢިދުން ބެލެނެވެރިންނަށް ފޯރުވައި ދިނުމުގައި އެހީތެރިވުން. (ޕޯޓްފޯލިއޯ)
  7. ކުދީން ކްލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދީންގެ ބެލެނެވެރިން އެކުދީންނާއި ހަވާލުވަންދެން އެކުދީން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
  8. ތުއްތުކުދީން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމުގައި އާއި ޢިލްމާއި ހުނަރުތައް ދަސްކޮށްދިނުމުގައި އެކުދީންގެ މައިންބަފައިންނާއި ގުޅިގެން އޯގާތެރިކާމާއި އަޅާލުމާއެކު ސްކޫލު މާހައުލުން ކުދީންނަނަށް ލިބެންޖެހޭ އެންމެހާ އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިދިނުން.
  9. ޕްރީސްކޫލުންދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކުރުމަށް، ކައުންސިލާއި ޕްރީސުކޫލް ޓީޗަރުންނާއި ގުޅިގެން މަސައްކަތްކުރުން.
  10. ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވުން އަދި މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފޯމް ހުށަހަޅަންޖެހޭ ތާރީޙާއި ވަގުތު

 ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 20 ފެބުރުއަރީ 2022ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މިއިދާރާއަށް ހުށަހެޅުންއެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.   އީ-މެއިލްއެޑްރެހަކީ[email protected]   އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް     .
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

2. ވަޒީފާގެ މަސައްކަތް ދައިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

ވަޒީފާއަށްއެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުކުރުން:

މިމަގާމަށްމީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެމުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

             މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ +9606540043 ނަންބަރުފޯނާއެވެ.

                 ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެމެ.

                        09 ފެބްރުއަރީ 2022

09 ފެބުރުވަރީ 2022
ހޯދާ