އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް


ޕްރޮގްރާމް:އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

ޖާގައިގެ ޢަދަދު:25

 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 6 ވަނަ އިންޓޭކް (17 މާރިޗު 2022) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 13 ފެބުރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 10 މާރިޗު  2022 ވަނަ ދުވަހުގެ 13:00 ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ. މިފަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނީ 25 ފަރާތަކަށެވެ. އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށްް އެއްވެސް މުސާރަ/ އިނާޔަތެއް/ އެލަވަންސެއް ނުލިބޭނެއެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
  3. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
  5. ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ

 

 

ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްެރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް   www.igmh.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:

މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހެޅޭނެ ހަމައެކަނި ގޮތަކީ އައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން  13:00ގެ ކުރިން  ފޯމު ހުށަހެޅުމެވެ.

ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނެ ގޮތް

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 25 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ފޯން ނަންބަރަށެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                            10 ފެބުރުއަރީ 2022

  

Indira Gandhi Memorial Hospital

Medical Internship Program of IGMH

Indira Gandhi Memorial Hospital will open its 6th intake for medical students to do Medical Internship effective from 17th March 2022. Students who wish to do Medical Internship in IGMH can submit application forms from Sunday, 13th February 2022, 09:00 hours until 10th March 2022, 13:00 hours. The number of slots allocated for the 6th intake is 25. Interns will NOT be paid any form of remuneration. 

Requirements

1. M.B.B.S Completion Certificate from the Medical College/University

2. “Certificate of Provisional Medical Registration” from Maldives Medical and Dental Council

3. No police records for the past 5 years

Required Documents

1. M.B.B.S Completion Certificate from the Medical College/University (Attested copy)

2. “Certificate of Provisional Medical Registration” from Maldives Medical and Dental Council (Attested copy)

3. Police Clearance Certificate (Copy)

4. ID / Passport Copy

5. 1 Passport Size Photograph

Selected candidates shall bring the Original of the certificates once informed by the Hospital prior to commencement of the Program.

Application Form

Application form can be downloaded from IGMH website www.igmh.gov.mv . Forms will also be available from Medical Internship Secretariat office, 1st Floor, Admin Block, IGMH between Sunday to Thursday 09:00 AM and 13:00 PM.

Submission of Completed Application Form

Completed application forms with the aforesaid documents shall be submitted to Medical Internship Secretariat office, 1st Floor, Admin Block from 10th February 2022 to 10th March 2022 between Sunday to Thursday 09:00 AM and 13:00 PM.

Completed application forms will NOT be accepted via e-mail.

Preference for candidate’s selection 

If the number of valid applications exceed 25, preference will be given to students who have completed MBBS earlier, depending on the date of completion of   MBBS.

Additional Information

Please contact 3335191 for any additional queries.

10 ފެބުރުވަރީ 2022
ހޯދާ