މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއިގުޅޭ

މިއިދާރާގެ ނަންބަރު:(IUL) 307/INDIV/2022/01(20 ޖަނަވަރީ 2022) އިއުލާނާއި ގުޅިގެން ރ.ވަންދޫ އިން އޮޑިދޯނިފަހަރު ބަނުމާއި ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން މައުލޫމާތު ދިނުމަށް ހަމަޖެހުނު ބައްދަލުވުން ފަސްކުރެވިފައިވާތީ، އެކަމާއި ގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރަމެވެ.

 އެގޮތުން އޮޑިދޯނިފަހަރު ބަނުމާއި ސްލިޕްވޭ ހަދާ ހިންގުމަށް ރ.ވަންދޫ އިން ބިން ކުއްޔަށް ނަގަން ބޭނުންވެގެން މިއިދާރާގައި ނަން ނޯޓް ކުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނީ 24 ފެބުރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 14:00 ށެވެ.

 

ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،

ގްރީން ބިލްޑިންގ، މާފަންނު

ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

ތާރީޚް:

24 ފެބްރުއަރީ 2022 (ބުރާސްފަތި)

ގަޑި:

14:00 މެންދުރުފަހު

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރިމެވެ.

9 ރަޖަބް 1443

10 ފެބުރުއަރީ 2022

10 ފެބުރުވަރީ 2022
ހޯދާ