މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ޕްރޮކިއުމެންޓް އޮފިސަރ 

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/5280 ރުފިޔާ ( ފަސްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2730 ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ޕްރޮކިއުމަންޓް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒިނަސް ނުވަތަ މެނެޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް  ފާހެއް  އޮތުން ނުވަތަ؛
  • ޖީ.ސީ.އީ އޭލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން  ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު ދިވެއްސާ އިގިރޭސިން ދަށްވެގެން ސީ ފާސް ލިބިފައިވުމާ މަސައްކަތު ދާއިރާގެ ތަޖްރިބާ ލިބިފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ފާސް ވެފައިވުމާއި ދިވެހި، އިގިރޭސިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު

  • ޕްރޮކިއުމެންޓް މަސައްކަތް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން  ފާސްވުމާއި އެކު ދެވޭ ޕްރެކްޓިކަލް އެގްޒާމް އިން ފާސްވުން
  • ޕްރޮކިއުމެންޓް ދާއިރާއިން މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ފެބްރުއަރީ 2022

10 ފެބުރުވަރީ 2022
ހޯދާ