ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2022/005 

ހުޅުމާލެ ހޮސްޕިޓަލުންދޭ ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް މިހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުން އަދި ޕްރީބިޑް ބައްދަލުވުން 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113 / 3350152

އީ-މެއިލް: [email protected]

10 ފެބުރުވަރީ 2022
ހޯދާ