ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ ޒޯން އެއްގަމު ލައިސަންސް ދޫކުރުމާއިގުޅޭ؛

ޓްރެފިކް ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމާއި އެޤާނޫނުގައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރުއަޅާ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ގދ.އަތޮޅު ކައުންސިލާއި މިކައުންސިލާއި ގުޅިގެން ބީ ޒޯންގެ އެއްގަމު ލައިސަންސް ދޫކުރުމާއި އެއްގަމު އުޅަނދު ދުއްވުމުގެ ޓްރެފިކް ޤަވާއިދު ކިޔަވައިދިނުން ހަމަޖެހިފައިވެއެވެ.

ވީމާ، ބީ ޒޯންގެ އެއްގަމު ލައިސަންސް ބޭނުންވާ ފަރާތްތަކުން "އެއްގަމު ލައިސަންސަށް އެދޭ ފޯމް" ފުރިހަމަކޮށް އެފޯމާއިއެކު، ނެގިފަހުން 3 މަސްދުވަސް ނުވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯއަކާއި އައި.ޑީ.ކާޑުގެ ކޮޕީ 2022 ފެބުރުވަރީ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިއިދާރާއިންނާއި، ގެޒެޓާއި، ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓާއި ޕޯރޓަލް އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2022
ހޯދާ