ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުން

އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުން

                   މިކައުންސިލްއިން ދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި އިޢާދަކުރަނަވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭން ޝައުގްވެރިވާ ދިވެހި ވިޔަފާރިތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ލޮޓް 1 : ކައުންސިލް އިދާރާ KW PV System 10KWP (3 Phase)

ލޮޓް 2 : މަސްޖިދުއް އަންވާރު KW PV System 5KWP (Single Phase)

ބީލަމުގައި ރަޖިސްޓްރީވުން

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ފެބްރުއަރީ 2022 ވާ (ބުރާސްފަތި) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: https://forms.office.com/r/WW4LQcTdyF

 

މަޢުލޫމާތު ދިނުން:

 ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 20 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާގައެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދެވެރިކޮށް ފޮނުވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ 19 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

 

ބީލަމުގައި ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 01 މާރިޗް 2022ވާ އަންގާރަ ދުވަހުގެ 13:00ގައި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ

 

                                              ނަންބަރު: (IUL)267/267/2022/10

 

މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

 

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ

 

                       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ފެބުރުވަރީ 2022
ހޯދާ