ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮގްރާމްސް ރިސަރޗް އެންޑް އެޑްވޮކަސީ

މަގާމު

އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮގްރާމްސް ރިސަރޗް އެންޑް އެޑްވޮކަސީ    

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 3

މުސާރަ

މަހަކު 7035.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 4000.00 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސް، ސޯޝަލް ޕޮލިސީގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (އެމް.ކިއު.އޭ ލެވެލް 7) ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސް، ސޯޝަލް ޕޮލިސީގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (އެމް.ކިއު.އޭ ލެވެލް 5)  ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު/ސިފަތައް

  1. މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ހުނަރު އަދި ޤާބިލުކަން ހުރުން (ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކުލަވާލުމުގައި ތަފާތު ގްރޫޕްތަކަށް ބައްޓަންކޮށް ކޮންސެޕްޓް/އައުޓްލައިން އެކުލަވާލުމާ އަދި އެފަދަ ޕްރޮގްރާމްތައް އިވެލުއޭޓް ކުރަން އެނގުމާއި ރިޕޯޓު ތައްޔާރުކުރުން)
  2. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމާއި، ލިޔެކިޔުން އެކުލަވާލުން އަދި މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސަކަތްކުރުން.
  3. އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ހިފެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.
  4. އޮތޯރިޓީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވާންޖެހޭ ހާލަތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށް ވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

  1. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް ހާއްސަކޮށް އޮތޯރިޓީން މާލެއާއި އަތޮޅު ތެރޭގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި، މަސައްކަތު ބައްދަލުވުންތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފަރުމާކޮށް، ރާވައި ހިންގުން. އަދި، މިގޮތުން ހިންގާ ޕްރޮގްރާމްތައް އިވެލުއޭޓްކޮށް ރިވިއުކުރުމުގެ މަސައްކަތްކޮށް ރިޕޯޓުތައް އެކުލަވާލުން.
  2. ގެވެށި އަނިޔާގެ މައްސަލަތަކުގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާއާގުޅޭ ބައިތައް ހިމެނުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  3. ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ތަފާތު ގްރޫޕްތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާއާ ގުޅޭ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް،  ރާވައި ހިންގުން.
  4. އޮތޯރިޓީން ބައިވެރިވާ އެކިއެކި މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާއާ ގުޅޭ ސެޝަންތައް ނަގައިދިނުމާއި އަދި އެހެން މުއައްސަސާތަކުން ކުރިއަށްގެންދާ އެފަދަ ތަމްރީން އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އޮތޯރިޓީ ތަމްސީލުކުރުން.
  5. އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ދިރާސާތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  6. އޮތޯރިޓީން ކުރިއަށް ގެންދާ އެޑްވޮކަސީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  7. ޑިރެކްޓަރގެ އިރުޝާދާއެކު، ބައްދަލުވުންތަކާއި، ވަރކްޝޮޕް، ޕެނަލް ޑިސްކަޝަން ފަދަ މަސައްކަތްތަކުގައި އޮތޯރިޓީއާއި ޑިޕާޓްމަންޓް ތަމްސީލުކުރުން.
  8. ޑިރެކްޓަރގެ އިރުޝާދާއެކު، ޑިޕާޓްމަންޓް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރުން އަދި ޑިރެކްޓަރ ޗުއްޓީގައި ހުންނަ މުއްދަތުތަކުގައި ޑިޕާޓްމަންޓް ބެލެހެއްޓުމުގެ އިސް ޒިންމާ އަދާކުރުން.
  9. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  10. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  3. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

  1. މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  2. މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  
  3. މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  4. އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  5. މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 އަށެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 21 ފެބުރުވަރީ 2022 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ. 

ނޯޓް: ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

10 ފެބުރުވަރީ 2022
ހޯދާ