ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް

މަގާމު

އެސިސްޓެންޓް ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް   

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 3

މުސާރަ

މަހަކު 7035.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 4000.00 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ޕްރޮކިއުމަންޓް ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ (އެމް.ކިއު.އޭ ލެވެލް 7) ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ޕްރޮކިއުމަންޓް ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (އެމް.ކިއު.އޭ ލެވެލް 5)  ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު/ސިފަތައް

  1. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމާއި ލިޔެކިޔުން އެކުލަވާލުން އަދި މަސައްކަތުގައި ދިމަވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސަކަތްކުރުން.
  2. އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ދެމެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.  
  3. އޮތޯރިޓީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވާންޖެހޭ ހާލަތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށް ވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

  1. ބިޑް ކޮށްގެންނާއި ބިޑް ނުކޮށް އޮފީހަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުރަންޖެހޭ އެންމެހައި މަސައްކަތް ވިލަރެސް (ކޯޑިނޭޓް) ކުރުން. 
  2. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑް ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ވިލަރެސް ކުރުން. 
  3. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި އެހީގެ ގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  4. ޕޭމަންޓް ވައުޗަރ ތަކާއި އެޗޭޓްކުރަންޖެހޭ ސަޕޯޓިންގ ޑޮކިއުމަންޓްތައް ހަމަތޯބަލައި، ސޮއި ހަމަތޯ ބަލައި ޕޭމަންޓް ވައުޗަރތައް ޗެކްކުރުން.
  5. އޮތޯރިޓީއިން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާއި ގުޅޭ އިންތިޒާމް  ހަމަޖެއްސުމާއި ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
  6. އޮތޯރިޓީން ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބާކީ ހުންނަ ފައިސާ ޖަމާކުރާ ޑިޕޮސިޓް ފޯމު ސެޕް ސިސްޓްމުގައި ޕާކް ކުރެވެމުންދޭތޯ ޗެކް ކުރުން.
  7. ޕްރޮކިއުމަންޓާބެހޭ މައުލޫމާތު ގަވާއިދުން އާންމުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  8. ޕޯސްޓްކޮށްފައިވާ ޕޭމަންޓްތަކުގެ ސްޓޭޓަސް ގަވާއިދުން ބަލައި، އިސްލާހް ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް ފައިނޭންސް އޮފިސަރ އަށް އިރުޝާދު ދިނުމާއި، ޑިއުޑޭޓް ހަމަވެފައިވާ ޕޭމަންޓްތަކަށް ޕްރޮސެސްކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުން.
  9. ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ޚަރަދު ރިޕޯޓު  ތައްޔާރުކުރުމާއި، އެ ރިޕޯޓު ސެޕް ސިސްޓަމާ ރީކޮންސައިލް ކުރުން.
  10. ހެދިފައިވާ އެގްރީމެންޓްތަކާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭތޯ ބަލައި، ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުން.
  11. އޮތޯރިޓީއަށް ލިބިފައިވާ މުދަލާއި ޚިދުމަތަށް ޤަވާޢިދުން އިންވޮއިސް ލިބެމުންދޭތޯ ބެލުމާއި، ސްޓޮކަށް ވައްދަންޖެހޭ ތަކެތި ސްޓޮކަށް ވެއްދޭތޯ ބެލުމުގައި އެޑްމިން އޮފިސަރ އަދި  ފައިނޭންސް އޮފިސަރާ ގުޅިގެން މަސައްކަތް ކުރުން.
  12. ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިއުމުގެ ކަންކަން ވިލަރެސް ކުރުން.
  13. ޑިޕާޓްމަންޓް ހެޑް ޗުއްޓީގައި ހުންނަވާ މުއްދަތުގައި ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން.
  14. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  15. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  3. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

  1. މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  2. މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  
  3. މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  4. އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  5. މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 އަށެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 21 ފެބުރުވަރީ 2022 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ. 

ނޯޓް: ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

10 ފެބުރުވަރީ 2022
ހޯދާ