މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To Hire a Party to Print Tales of Maldives Story Book Set

                                                                                                 ނަންބަރު : (IUL)MMPRC-PRO/1/2022/14

 

އިޢުލާން

 

        މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ ޓޭލްސް އޮފް މޯލްޑިވްސް" ވާހަކަ ފޮތް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2022 ފެބްރުއަރީ 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. 

 

                      09  ރަޖަބް    1443

                      10   ފެބްރުއަރީ 2022

 

10 ފެބުރުވަރީ 2022
ހޯދާ