ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނަކު ހޯދުމަށް އެދި

މިކޯޓުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން، އިނގިރޭސި ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރާނެ  ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އައި.ޑީ.ކާޑްގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ސިޓީއަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ ވަގުތުތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ރަޖަބު 1443

08 ފެބްރުއަރީ 2022

10 ފެބުރުވަރީ 2022
ހޯދާ