ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔޫތު މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ރާއްޖޭގައި ހިންގާ "ރިސާރޗް އޮން ޔޫތު" ސާރވޭއަށް އެނިއުމަރޭޓަރުން ހޯދުމަށް

ޔޫތު މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ރާއްޖޭގައި ހިންގާ "ރިސާރޗް އޮން ޔޫތު" ސާރވޭއަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މި ސާރވޭއަކީ ޒުވާނުންގެ ކުށުގެ ވެއްޓާއި ކުށްކުރާ ސަބަބުތައް ދެނެގަތުމާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތައް ދެނެގަތުމަށް ކުރެވޭ ސާރވޭއެކެވެ. ސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. މިސާރވޭ ކުރިއަށް ގެންދެވޭނީ މިކަމުގެ ތަމްރީން ދިނުމަށްފަހުގައެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ގްރޭޑް 10އެއް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން 15 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12.00ގެ ކުރިން މިއޮފީހުގެ އީމެއިލް  [email protected] މެދުވެރިކޮށް މައުލޫމާތު ފޮނުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަމްބަރު 3345424 އަށް ގުޅުއްވުން އެދެމެވެ.

10 ފެބުރުވަރީ 2022
ހޯދާ