މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 ގެ ކޭސްތަށް ރަށުތެރެއިން ފެންނަމުން ދާތީ ، ކައުންސިލުން ޚިދުމަތްދޭ ވަގުތަށް ބަދަލުގެނައުމާއި ، ޚިދުމަތްދިނުމަށް ގެނެވުނު ބަދަލުތަށް ހިއްސާކުރުން

ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސްތަކެއް ރަށުތެރެއިން ފެންނަމުންދާތީ އާއި ، ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަށް ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން ހުއްޓުމަކަށް ނާންނާނެގޮތަށް މަސައްކަތްތަށް ބައްޓަންކުރުމުގެ ގޮތުން 10 ފެބުރުއަރީ 2022 ވަނަ ދުވަހުން ފެށިގެން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 ކަމަށް ވަނީ ކައުންސިލުން ނިންމާފައެވެ. މި ނިންމުމާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ 2 ސިފްޓަކަށް ބަހާލެވި މަސައްކަތްކުރުމަށް ނިކުންނަގޮތަށް ހަމަޖެއްސިފައެވެ.

 

މ.މަޑުއްވަރީ ކައުންސިލްގެ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތަކަކީ އޮންލައިންކޮށް ފޯރުކޮށްދެވޭ ގޮތަށް ބައްޓަންކުރެވިފައިވާ ހިދުމަތްތަކެއްކަމަށް ވުމާއި އެކު ، ކޮވިޑް 19 ގެ މިހާލަތުގައި ކައުންސިލުން އެދެނީ ހުރިހާ ފަރާތްތަކުންވެސް ހިދުމަތްތަކަށް އޮންލައިންކޮށް އެދިލެއްވުމަށެވެ. އޮންލައިންކޮށް ހިދުމަތްތަށް ހޯދުމަށް ދަތިފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދުރުވުމުގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު 6720075 ނަންބަރު ފޯނާއި ގުޅުއްވާ ބޭނުންފުޅުވާ ހިދުމަތުގެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. ކައުންސިލުން ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ އެންމެހާ ޚިދުމަތްތަށްވެސް ހެނދުނު 10:00 އިން 12:00 އާއި ހަމައަށް ފޯރުކޮށްދިނުމުގެ ކަންކަން މި އިދާރާއިން ކުރާނެކަމުގައިވެސް ދަންނަވަމެވެ.

މ.މަޑުއްވަރީ ކައުންސިލަށް ޚިދުމަތްތަކަށާއި ، އެކި އެއްބަސްވުންތަކުން މި އިދާރާއަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 ފެބުރުއަރީ 2022 ވަނަ ދުވަހުން ފެށިގެން ހެނދުނު 11:00 އިން ފެށިގެން 12:45 ނިޔަލަށް ކަމުގައި ދަންނަވަމެވެ. ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. ފައިސާ އޮންލައިންކޮށް ޖަމާކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަންނަނިވި އެކައުންޓްއަށް ޖަމާކޮށް ސްލިޕްގެ ރިމާކްސްބައިގައި އެއީ ކޮންފައިސާއެއްކަން އެނގޭގޮތަށް ލިޔުއްވަންވާނެއެވެ. ފައިސާ  ޖަމާކުރެއްވުމަށްފަހު މި އިދާރާގެ އ.ފައިނޭންސް އޮފިސަރ އަޙްމަދު ޒައިދާން މުޙައްމަދު އަށް ސްލިޕް ވައިބަރކުރައްވަންވާނެއެވެ. ސްލިޕްވައިބަރ ކުރައްވާނެ ނަންބަރަކީ 9423111 އެވެ.

 

އެކައުންޓްގެ ނަން :  1416 Revenue 1

އެކައުންޓް ނަންބަރު : 7709700441001

 

ވީމާ ، އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

09 ފެބުރުވަރީ 2022
ހޯދާ