މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2000 (ދެހާސް) ޖޯޑު ކަޅު ކުލައިގެ އިސްޓާކީން އަދި 5000 (ފަސް ހާސް) ޖޯޑު ޖަންގަލް ގްރީން ކުލައިގެ އިސްޓާކީން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

2000 (ދެހާސް) ޖޯޑު ކަޅު ކުލައިގެ އިސްޓާކީން އަދި 5000 (ފަސް ހާސް) ޖޯޑު ޖަންގަލް ގްރީން ކުލައިގެ އިސްޓާކީން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އަންދާސީހިސާބު ހުށަހަޅާއިރު، އިސްޓާކީންގެ ސާމްޕަލްއެއް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލްކުރެވޭނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުންވެސްއެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 28 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏8‏ ރަޖަބް‏ 1443

‏9‏ ފެބްރުއަރީ‏ 2022

 

 

09 ފެބުރުވަރީ 2022
ހޯދާ