ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2022 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ.

  1. 2022  މާރޗް 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  09 ފެބްރުއަރީ 2022 އިން 16 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މިސްކޫލްގައި އޮންނާނެއެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. ބިޑް ހުޅުވުން އޮންނާނީ  22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގައެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި އަދި ބިޑްހުޅުވުމުގެ ބައްދަލުމުވުމަގައި ބައިވެރިވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޢިއްޒުއްދީން ސްކޫލް

ފޯން ނަންބަރ 3341700

މެއިލް: [email protected]

09 ފެބުރުވަރީ 2022
ހޯދާ