ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

 

                  މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

އެމް އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު)

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

މުސާރަ:

5610.00 ރުފިޔާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ސަޕޯރޓިންގ ކޯ އެލވަންސް:

700.00 ރުފިޔާ

 

 

ސެކްޝަން

 ކޯރޕޮރޭޓިވް އެފެއާރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6  ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1-       ކައުންސިލްގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި ހާޑްވެއަރތައް ރިސާޗް ކުރުމާއި ހޯދައި ލަފާއެރުވުން.

2-       އައިޓީ ރިކޯޑު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން. އަދި ގަވާއިދުން އައިޓީ ކަންކަން އަޕްޑޭޓްކުރުން.

3-       އައިޓީގެ ހުރިހާ ހާޑްވެއަރ އަދި ސޮފްޓްވެއަރތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

4-       އައިޓީ މަސައްކަތަކާބެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި މެނޭޖްމަންޓްމަންޓަށް މަޢުލޫމާތު ދިނުން.

5-       ނެޓްވާރކް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

6-       ކައުންސިލްގެ އެންމެހައި އައިޓީ މަސައްކަތްތަކާއި، އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

7-       އޮފީހަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅާ ޖަވާބު ދޭން ޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން

8-       އޮފީހުގެ ހުރިހާ ކޮންޕިޔުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން

9-       އޮފީހުގެ ސަރވަރ ސިސްޓަމާއި ޓެލެފޯން ނެޓްވޯކް އަދި ވެބްސައިޓް ބެލެހެއްޓުން

10-    އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުން

11-    އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން

12-    މުވާޞަލާތީ ޚިދުމަތަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދިނުން

13-    ކައުންސިލްގެ ކޮމްޕިއުޓަރ ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމާއި، ނެޓްވޯކަށާއި ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން.

14-    ކައުންސިލްގެ ވެބްސައިޓް ޑިވޮލޮޕްކުރުމުގެ މަސައްކަތް ކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

15-    ޓެކްނޮލޮޖީގެ ދާއިރާގައި ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.

16-    ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.

17-    އީ-ސްޓޯރޭޖް ގާއިމްކޮށް ކައުންސިލްގެ ޑާޓާބޭސް ޑިވެލޮޕްކޮށް ބެލެހެއްޓުން.

18-    ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން.

19-    ކައުންސިލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން.

20-    ސާރވާރ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި އަދި ސަރވާރގެ ބެކްއަޕްނެގުން.

21-    ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

22-    މިނޫނަސް، ކައުންސިލުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

23-    ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިއާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން.

24-    މިނޫނަސް، ކައުންސިލުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

 

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުން – %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  3. ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލީންއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  5. އެސެސްމެންޓް (އިމްތިޙާން އަދި ޕްރެކްޓިކަލް) - %20
  6. އިންޓަރވިއު - %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއަކު ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާން އޮންނާނީ، 23 ފެބްރުވަރީ 2022  އާއި 28 ފެބްރުވަރީ 2022 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

3-     ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( ([email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.

09 ފެބުރުވަރީ 2022
ހޯދާ