ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ލެޕްޓޮޕް ހޯދުމާއި ގުޅޭ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ލެޕްޓޮޕް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް 6 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

-  6 ލެޕްޓޮޕް

3. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 ފެބުރުވަރީ 2022 އިން 20 ފެބުރުވަރީ 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  10 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

6. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 23 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

09 ފެބުރުވަރީ 2022
ހޯދާ