މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާއިގުޅޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާއިގުޅޭ

ޑިޒައިން އެންޑް ބިލްޑިންގް އޮފް ރ.މާކުރަތު ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(ޕލކ) ގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި (ފަރުނީޗަރ ނުހިމެނޭގޮތަށް 02 ކޮޓަރި 02 ފާހާނާ އަދި ފަރުނީޗަރ ހިމެނޭ ގޮތަށް 01 ކޮޓަރި 01 ފާހާނާ) ބަދިގެ ކާތަން ހިމެނޭގޮތަށް އަދި ސިޓިންރޫމް އާއެކު 05 މަސް ދުވަހުގެ މުއްދަތަށް އުތުރު ފަރާތު ބަނދަރު ސަރަހައްދާއި ކައިރިން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "އިމާރާތް ކުއްޔަށް ދިނުމަށް އެދޭ ފޯމު" ނަގާ ފުރިހަމަ ކުރެއްވުމަށްފަހު 13 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ހުށަހަޅުއްވާނީ ބަންދުކުރެވުފައިވާ ސިޓީ އުރައެއްގައެވެ. ހުށަހެޅޭ އަގުތަކާއި މަޢުލޫމާތުގެ މައްޗަށް ބެލުމަށްފަހު އެމް.ޓީ.ސީ.ސީ އިން ޚިޔާރު ކުރާ ފަރާތަކާއި އެއްބަސްވުމެއް ހަދާ ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޢިމާރާތް ކުއްޔަށް ދިނުމަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       07 ރަޖަބު 1443                          

08 ފެބުރުވަރީ 2022
ހޯދާ