ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

                  މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

ޖީ.އެސް 3 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މުސާރަ:

4465.00 ރުފިޔާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ސަޕޯރޓިންގ ކޯ އެލވަންސް:

700.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

1100.00 ރުފިޔާ

ސެކްޝަން / ޔުނިޓް:

އިކޮނޮމިކް ޑިވެލޮޕްމެންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

1-     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

2-     މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިބަސް ހިމެނޭ ގޮތަށް 2 މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ "ބޮލި" އެޕްލިކޭޝަން އަދި ބިޒިނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރޭޝަންއާއި ބެހޭ އެންމެހާ ޚިދުމަތްތައް ދިނުމާއި ރެކޯޑް ބެލެހެއްޓުމާއި ޢިމާރާތްކުރުމުގެ ހުއްދައާއިބެހޭ ޚިދުމަތްތދިނުމާއި ޢިމާރާތްކުރާ ސައިޓްތައް ބެލުމާއި، ކޮންސްޓްރަކްޝަންގެ ދާއިރާގެ މަސައްކަތްކުރާ ވިޔަފާރިތަކުގެ މަސައްކަތު ސައިޓްތައް ޗެކުކުރުމާއި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސިން ގެނައުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާ އިންސްޕެކްޝަންތައް ހެދުން.
  2. ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން ކައުންސިލާއި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި ޕެސްޓް ކަންޓްރޯލް ކުރުމާއި ވެކްޓަރ ކަންޓްރޯލްކުރުމާއި ޑިސީސް ސަރވައިލަންސް އަދި ވެކްސިނޭޝަނާއި ނިއުޓްރިޝަނާއި ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ ކަމާއިބެހޭ މުވައްސަސާތައް މެދުވެރިކޮށް ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން.
  3. ތިނަދޫ ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކުރާ ތަކެއްޗާއި ބިންބިމާއި ޢިމާރާތްތަކާއި ފަރާއި ފަޅު ފަދަ ތަންތަން ކުއްޔަށް ދޫކުރުމަށް އެއްބަސްވުން ތައްޔާރުކުރުމާއި އެފަދަ ވަޞީލަތްތަކުން ނަފާ ހޯދުމަށް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ތަންފީޛް ކުރުމާއި މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ފަޅުގޮވާން ކުރާ ފަރާތްތަކަށް ދޫކުރަންޖެހޭ މަސްވެރި ލައިސަންސާއި މަސްވެރިކަމާއި ބެހޭ ލިޔުންތައް ސުޕަރަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ޚިދުމަތް ލިބިދެވޭ ފަރާތްތަކަށް ދޫކޮށް ރެކޯޑް ބެލެހެއްޓުން.
  4. ތިނަދޫ ކައުންސިލުގެ އިދާރާއިން ވިއްކާ ތަކެތި ވިއްކުމާއި ދެވޭ ޚިދުމަތްތަކުން އަގުނެގުމަށް ތައްޔާރު ކުރަންޖެހޭ  އެއްބަސްވުން ތައްޔާރުކުރުމާއި ރަށުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ ފަރާތްތަކުގެ މަޢްލޫމާތު ހިމެނޭ ދަފްތަރު ބެލެހެއްޓުމާއި، ރަށުގެ އިޤްތިޞާދު ކުރިއަރުވަންހުރި ފުރުޞަތުތައް ފަހިކުރުމަށް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ތަންފީޛް ކުރުމާއި ރަށުގެ އިޖުތިމާޢީ މަރުކަޒުގެ އެންމެހާ ކަންތައްތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުމާއި، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދަފްތަރު ބަލަހައްޓައި، ޖަމްޢިއްޔާތައް ޙަރަކާތްތެރި ކުރުވުމާއި، އެކިއެކި މުބާރާތްތައް ރާވައި ހިންގުމާއި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުން.
  5. ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުން – %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އެސެސްމެންޓް (އިމްތިޙާން އަދި ޕްރެކްޓިކަލް) - %25
  5. އިންޓަރވިއު - %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއަކު ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާން އޮންނާނީ، 23 ފެބްރުވަރީ 2022  އާއި 07 މާރިޗް 2022 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

3-     ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( ([email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.

08 ފެބުރުވަރީ 2022
ހޯދާ