ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެޖެންސީތަކަށް ހުޅުވާލުން.

c

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

           ގދ.ތިނަދޫ،                                              

            ދިވެހިރާއްޖެ.                                           

                                                                               ނަންބަރު: (IUL)ASMH-HRMS/ASMH/2022/6

އިޢުލާން

ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެޖެންސީތަކަށް ހުޅުވާލުން.

 

         01ޖަނަވަރީ 2022 އިން ފެށިގެން ގދ. ތިނަދޫ، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގަމުންގެންދާގޮތަށް ހަމަޖެހުމާއި ގުޅިގެން މި ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އެޖެންސީތަކުން "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 17 ފެބްރުއަރީ 2022 ގެ 13:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

       މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ދެއަހަރު  ދުވަހަށް ދެވިގެންދާނެއެވެ.

       މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6841970 އަށް ގުޅުއްވުން އެދެމެވެ.

                    06 ރަޖަބު 1443

                          07  ފެބްރުއަރީ  2022

 

 

                                                      

                                                                     އަހުމަދު ސައީދު

                                                                       މެނޭޖަރ

                                                                          

 

07 ފެބުރުވަރީ 2022
ހޯދާ