ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ އިޖްތިމާޢީ ސަރަހައްދުތައް ވިނަނޮޅާ ކުނިހަކާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

ހަނިމާދޫ އިޖްތިމާޢީ ސަރަޙައްދުތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

              މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫ އިޖުތިމާޢީ ސަރަޙައްތުތައް 1 (އެކެއް) އަހަރުގެ މުއްދަތަށް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް  ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިމަސައްކަތް ކޮށްދިމުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ފެބުރުއަރީ 20 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022  ފެބުރުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07  ރަޖަބު   1443

08 ފެބުރުއަރީ 2022

08 ފެބުރުވަރީ 2022
ހޯދާ