އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުގެ އޮފީސް ޢިމާރާތުގެ 3ވަނަ ފަންގިފިލާގެ ރިނޮވޭޝަން މަސައްކަތް

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ.

        މި ކޮމިޝަނުގެ އޮފީސް ޢިމާރާތް ކަމަށްވާ ހ. ސަކީނާމަންޒިލްގެ 3ވަނަ ފަންގިފިލާގައި ހުރި ލަކުޑި ޕާޓިޝަނެއް ނައްޓާލައި، ކޮމިޝަނުގެ ރިކުއަރމަންޓާ އެއްގޮތަށް އައު ޕާޓިޝަނެއް ހަދައި، ކޮމިޝަނުން ދޭ ކުރެހުމާ އެއްގޮތަށް އައު ޕާޓިޝަން ހަރުކޮށް، އެ ޖާގައިގައި ބަހައްޓަން ޖެހޭ ވޯކް ސްޓޭޝަންތަކެއް ކޮމިޝަނުގެ ރިކުއާރމަންޓާ އެއްގޮތަށް ޖަހައި، އެ ސްޓޭޝަންތައް ކޮމިޝަނުން ދޭ ކުރެހުމާ އެއްގޮތަށް ތަރުތީބުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް (ކަރަންޓުގެ މަސައްކަތް ހިމެނޭހެން) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

        މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑު ބައްދަލުވުން އަދި ސައިޓް ވިޒިޓް އޮންނާނީ 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 14:15 ގައި މިކޮމިޝަނުގެ 3 ވަނަ ފަންގިފިލާގައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުވަރީ 16 ވާ ބުދަ ދުވަހުގެ 11:15 ށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

        މި ބިޑާ ގުޅޭ މަޢުލޫމާތު ޝީޓު މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

                              06   ރަޖަބު     1443

                              07  ފެބްރުވަރީ   2022

07 ފެބުރުވަރީ 2022
ހޯދާ