ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ހުންނަ ރުއްގަސް ކެނޑުމާ ގުޅޭ

މި އިޢުލާންވަނީ 07 ފެބުރުވަރީ 2022 17:00 ގައި ބާތިލް ކުރެވިފައެވެ.


 ކައުންސިލުން ހެދުމަށް ކަނޑައެޅި ޢާއްމު ކުރެވިފައިވާ " ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު އާޢި ގުޅިގެން " އެ ސަރަޙައްދުގައި ހުރި އަމިއްލަ ފަރާތް ތަކުގެ ރުއްގަސް ކެނޑުމުގައި ބުޑު ނުނަގާ ރުއް ކަނޑަމުން ދާކަން ފާހަގަ ކުރެވެއެވެ.

ގޯތިން ބޭރުގައި ހުންނަ ރުއްގަސް ކަނޑަން ވާނީ ބުޑާއެކު ބިމުންނަގާ ގޮތަށް ކަމުގައި ދަންނަވަމެވެ. ރުއް ކެނޑުމަށްފަހު ރުއްކެނޑުމުގެ ސަބަބުން އުފެދޭ ކުނިތައް ނަގައި ތަން ސާފު ކުރަންވާނެއެވެ. އަދި އެ ސަރަހައްދު ތަކުގައިވާ ރުއް ކަނޑަންވާނީ ކައުންސިލަށް އެކަން އެންގުމަށް ފަހުގައެވެ.

ރުއްކަނޑާކަން އަންގާ ފޯމް: https://forms.gle/qYjKM1y4VaPyoJJR8

އިޖުތިމާޢީ ސަރަޙައްދުތައް :

  1. އޮޑި އެހެލާ ސަރަޙައްދުން ފެށިގެން އުތުރަށްގޮސް އޮޑި ބަންނަ ހަރުގެ ތަކާއި ހަމައަށް ގޮނޑުދޮށުން ފެށިގެން އަލަށް ހެދޭ ބޮޑުތަކުރުފާނު މަގާދެމެދު.
  2. "ނޯތު" ގެއާއި ހަމައިން ދެކުނަށް "ހޮލޮތޫރިޔާ" އާއި ހަމައަށް، ގޮނޑު ދޮށުން ފެށިގެން އަލަށް ހެދޭ ބޮޑުތަކުރުފާނު މަގާ ހަމައަށް
  3. ހޮލޮތޫރިޔާ އާއި ހަމައިން ދެކުނަށް ބޮޑުތަކުރުފާނު މަގު ޒިޔާރަތް މަގާހަމައަށް

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2022
ހޯދާ